About Platform

    ގާނޫނު އަސާސީގެ 4 ވަނަ މާއްދާގަ ބުނަނީ

    "ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މި ބާރުތައް ދެމި އޮންނަނީ ރައްޔިތުންގެ ކިބައިގައެވެ"

    2008 ވަނަ އަހަރު ތަސްދީގު ކުރެވުނު ފެހި ގާނޫނު އަސާސީގެ ދަށުން ކޮންމެ ފަސް އަހަރަކުން އެއްފަހަރު ވޯޓު ލެވުމުގެ ހައްގު ލިބުން ފިޔަވައި ރައްޔިތު މީހާއަށް ލިބުނު އިތުރު ހައްގެއް ނުވަތަ ބާރެއް އޮތް ކަމަށް ގަބޫލު ކުރަންތޯ؟

    މާއްދާ4ގެ މަގުސަދުތައް

    • ގައުމުގެ މުސްތަގުބަލް ބައްޓަންކޮށް ބިނާކުރުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުން
    • ރައްޔިތުންގެ ބާރަކީ ކޮންމެ ފަސް އަހަރަކުން އެއްފަހަރު ލިބޭ ވޯޓު ލުމުގެ ބާރު ކަމުގައި އެކަނި ވުމުގެ ބަދަލުގައި ގައުމުގެ ކަންކަން ހިންގުމުގައި ދުވަހުން ދުވަހަށް ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުން
    • ގާނޫނު ތަކާއި ގަވާއިދުތައް ހެދުމާއި ރައްޔިތުންނާއި ގުޅޭ ސިޔާސަތުތައް އެކުލަވާލުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރުން
    • ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދަން އެހީތެރިވުން
    • ވަރަށް ގިނައިން މަޖިލީހުގެ މެމްބަރުން ބުނާތި އަޑު އިވޭ އެމީހުން ދައްކާ ވާހަކަ ތަކާއި ލާ ވޯޓު ތަކަކީ އެ ދާއިރާއެއްގެ ރައްޔިތުންގެ ވިންދާއި އެއް ގޮތަށް ދައްކާ ވާހަކަ ތަކެކޭ ނުވަތަ ދޭ ވޯޓެކޭ - ނަމަވެސް އިންތިހާބު ވުމަށް ފަހު މަދު މެމްބަރަކު ނޫނީ އެއް ވެސް ކަމެއްގަ ދާއިރާގެ ރައްޔިތުންނާއި މަޝްވަރާ ނުކުރޭ މާއްދާ4 މެދުވެރިކޮށް މެމްބަރުންނަށް ރައްޔިތުންގެ ވިންދު ހުރި ގޮތް ބަލާލެވޭނެ އަދި ރައްޔިތުންނަށް އެ ރައްޔިތުންގެ އަޑު އިއްވުމުގެ ފުރުސަތު ލިބިގެން ދާނެ

    !ގައުމުގެ މުސްތަގުބަލު ބައްޓަންކޮށް ބިނާ ކުރުމަށް، މާއްދާ4 ގަ ބައިވެރިވެލައްވަވާ!

    Login

    މި ޕުލެޓުފޯމުގައި ހިމެނޭ ބައިތައް

    • ޙިޔާލު ހޯދުމުގެ ވޯޓުތައް މެދުވެރިކޮށް އެވަގުތަކު ހިނގާ އެކި ކަންކަމާއި ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހުރި ނެތް ގޮތް ބެލުން (މިސާލަކަށް ބަހުސް ކުރަމުންދާ ބިލަކާއި މެދު ރައްޔިތުން ދެކޭގޮތް ބެލުން)
    • ކޮންމެ ފަސް އަހަރަކުން މެނިފެސްޓޯ ހަދާއިރު ރައްޔިތުން އެންމެ ބޭނުންވާ ކަންކަން ސީދާ ރައްޔިތުންގެ ކިބައިން ސާފުކުރުމުގައި އެހީތެރިވެދިނުން
    • ސިޔާސީ، އިޖުތިމާއީ، އިގުތިސޯދީ އަދި މި ނޫން ވެސް އެހެނިހެން ކަން ކަމާއި އަދި ގައުމުގައި އެވަގުތަކު ހިނގާ ބޮޑެތި ކަން ކަމާއި މެދު ރައްޔިތުންގެ ސީދާ ޝުއޫރު ފާޅުކުރުން
    • ހޭލުންތެރިކުރުމުގެ އެކިއެކި ލިޔުންތައް
    • ރައީސުލް ޖުމުހޫރިއްޔާ ކެމްޕެއިންތެރޭގައާއި އަދި ވެރިކަމަށް ވަޑައިގަތުމަށްފަހު ވާ ވައުދުތައް ފުއްދާ ވަރާއި ދޭތެރޭ ރައްޔިތުން ދެކޭ ގޮތް ހިޔާލު ހޯދުމުގެ ވޯޓު މެދުވެރިކޮށް ބެލުން. މީގެ ސަބަބުން ވައުދުތައް ފުއްދުމުގައި ވައުދުވާ ފަރާތްތަކުން ސަމާލުވާނެ
    • މި ރޭންކިން އިން ރައްޔިތުންގެ މެދުގައި ސިޔާސީ ލީޑަރުންގެ (ސަރުކާރާއި މަޖލީސް މެމްބަރުން) މަގުބޫލުކަން ހުރިވަރު ހާމަވެގެންދާނެ. މީގެ ސަބަބުން ރައްޔިތުންގެ ތާއީދާއި އިތުބާރު ހޯދުމަށް ސިޔާސީ ފަރާތްތަކަށް މަޖުބޫރުވެގެންދާނެ

    މި ޕުލެޓުފޯމް ބޭނުން ކުރައްވާނެގޮތް

    • މި ޕުލެޓުފޯމުގެ ޕޯލްސް ތަކަށް ވޯޓުލުމަށާއި ޕުލެޓުފޯމްގަ ހުންނަ އެކި އެކި ލިޔެކިޔުންތައް ކިޔުއްވުމަށް ލޮގިން ކުރައްވާކަށް ނުޖެހޭނެއެވެ
    • މަތީގައިވާ ކަންތައްތައް ފިޔަވައި އެހެނިހެން ހުރިހާ ފީޗާސްތަކެއް ބޭނުން ކުރެއްވެވުމަށް (ލީޑާސް ރޭންކިންގއަށް ވޯޓުލުން، ކޮމެންޓުކުރުން އަދި ޕޯލްސްތަކާއި ޕޯސްޓުތައް ޝާއިއުކުރުމަށް) މޮބައިލް ނަންބަރެއް ބޭނުން ކޮއްގެން ލޮގިންވެލައްވަން ޖެހޭނެއެވެ. މި ގޮތަށް ކުރާ ކޮމެންޓުސްތަކާއި ޕޯލްސްތަކާއި ޕޯސްޓުތައް ޝާއިއު ކުރެވޭނީ މާއްދާ4 ގެ އެޑްމިންއިން އެޕުރޫވް ކުރުމުންނެވެ

    މި ޕުލެޓުފޯމުގައި ވެރިފައި ކޮއްގެން އެޑުމިންގެ ހުއްދަނެތި ޕޯސްޓު ކުރުމާއި ޕޯލްސްތައް ހެދުމާއި ކޮމެންޓު ކުރެއްވެވޭނެއެވެ. މި ގޮތަށް ކުރެވޭ ޕޯސްޓުތަކާއި ޕޯލްސްތަކާއި ކޮމެންޓުތައް ވަގުތުން ޝާއިއު ކުރެވޭނެއެވެ

    އަޅުގަނޑުމެންގެ ގައުމުގެ ހާލާތު ބަދަލު ކުރެވޭނީ އަޅުގަނޑުމެންނަށް! އެންމެން އެކުގައި މަސައްކަތް ކޮއްގެން

    إِنَّ ٱللَّهَ لَا يُغَيِّرُ مَا بِقَوۡمٍ حَتَّىٰ يُغَيِّرُواْ مَا بِأَنفُسِهِمۡۗ

    "ހަމަ ކަށަވަރުން، ބަޔަކު މީހުންގެ ހާލަތު އެބަޔަކު އަމިއްލަޔަށް ބަދަލުކޮށްފުމަށް ދާންދެން، ﷲ އެ ހާލަތު ބަދަލެއް ނުކުރައްވަތެވެ" އަލް ރައުދު: 13:11